ads
ރައީސް ސާލިހު ރިޔާސީ ބަޔާން ދެއްވަނީ:-
އިގްތިސާދު އަލުން ކޮޅަށް ޖަހަން ދެ އަހަރު ނަގާނެ: ރައީސް
ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިގްތިސާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސާލިހު ވިދާޅުވީ ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި، އިޤްތިސާދު ސިންދަފާތުކޮށް، އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް، ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަކަމަށެވެ. 

"ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް. އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވާނީ ބީލަމަށް ހުޅުވާލައިފަ،" -ރައީސް ސާލިހު-

މީގެ އިތުރުން ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، މިހާރުވާނީ ޤާނޫނަށް ބަދަލު ގެނެސްފައިކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. 

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމަށް ކުރެވޭ، ވަރަށް މުހިންމު ކަމެއް. އަދި މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓްތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެކަމަށް އަންދާޒާކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އިގްތިސާދީ ސިނާއަތު ފުޅާކުރާއިރު، އެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް