ads
އުހްތިޖާޖް
ރައީސް ރިޔާސީ ބަޔާން އިއްވަަނިކޮށް އިދިކޮޅުން އިހްތިޖާޖް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަަވަނިކޮށް އިދިކޮޅުން މަގުމަތީ އިހްތިޖާޖް ފަށައިފި އެވެ

އިދިކޮޅުން އިހްތިޖާޖް ފަށާފައިވަނީ ސޯސަންމަގު ސަރަހައްދުގައެވެ. ގްރީން ޒޯންއާއި މަޖިލިސް ސަރަހައްދު ވަނީ ރިޔާސީ ބަޔާން އިއްވާތީ ބަންދުކޮށްފައެވެ.

ބޯޑުތަކާއިއެކު އިދިކޯޅުގެ ލީޑާޝިޕް ހިމެނޭހެން އިހްތިޖާޖް ފަށާފައިވާއިރު އިދިކޮޅުން ދަނީ މިފަހަކުން އައިސް އެކި ނަންނަމުގައި މަގުމަތީ އިހްތިޖާޖްތައް ބާއްވަމުންނެެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާވެސް އިދިކޮޅުން ދޭތެރެ ދޭތެރެއިން ދަނީ އިހްތިޖާޖްތައް ބާއްވަމުންނެވެ. 

އިދިކޮޅުން ސިލްސިލާ އިހްތިޖާޖްތައް ފަށާފައިވާއިރު ކޮވިޑް-19 ގެ ކޭސްތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި އެޗްޕީއޭއިން ވަނީ ކޮވިޑްގެ ކޭސްތައް ދަށްވަމުން ނުދާތީ ކުރިން ދީފައިވާ ބޮޑެތި ލުއިތައްވެސް އަނބުރާ ނަގާފައެެވެ. އެގޮތުން ޖަލްސާތަކާއި ހަފްލާތައްވެސް ނުބޭއްވޭ ގޮތަށް އެޗްޕީއޭއިން މިހާރު ވަނީ އަނެއްކާވެސް ގައިޑްލައިނަށް ބަދަލުގެނެސް އިއުލާންކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް