ads
އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް-- ފޮޓޯ: އެމްޕީއެލް
16،000 އަށްވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލައިފި
މިދިޔަ އަހަރު 16775 ބިދޭސީން އެމީހުންގެ ގައުމަށް އަބުރާ ފޮނުވާލެވިފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިޖްތިމާއީ ދާއިރާގައި ހުރި މައްސަލަތައް ހާއްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ވާނީ ކުރެވިފައި ކަމަށާއި އެފަދަ އެއް ކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ސައްލަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ކަމަށެވެ. 

އަދި ބަޔަކު ގަސްދުގައި ހިންގާފައި އޮތް އެބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރީވެފިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް އެނބުރާ ފޮނުވައި ލެވިއްޖެ ކަމަށާއި އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައިދެވިފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމް މިއަހަރުވެސް ކުރިއާށްދާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

ހަމަ މިއާއެކު ރައީސް ވިދާޅުވީ އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައިކަމަށާއި މީގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް