ads
އެއާޕޯޓް
މި އަހަރު 5 ރަށެއްގައި އެއާޕޯޓް އަޅަނީ
މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްދުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސާލިހު ވިދާޅުވީ ތަރައްގީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ތަރައްގީކުރި ހއ. ހޯރަފުށީ އެއަރޕޯޓު މިދިޔަ އަހަރު ހުޅުވައި މިހާރު އަންނަނީ ހިދުމަތް ދެމުން ކަމަށް ރައީސް ވިދާޅުވި އެވެ.

 އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްދުކުރައްވާ ކަމަށާއި އޭގެ ތެރެއިން، މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް، މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ހަމަ މިއާ އެކު ދަތުރުވެރިންނާއި މުދާ އުފުލާ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ، ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ނުފެށުނީ ކޮވިޑްގެ ސަބަބުން ކަމަށާއި އެހެން ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު، އެމަސައްކަތް ވާނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން، ބީލަމުގެ މަރުހަލާ ވަނީ ނިމިފައި ކަމަށާއި، މިމަހުގެ ތެރޭގައި، އެމަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުރި ގިނަ މަޝްރޫއުތަކެއް، މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް