ads
މަޖިލީހުގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުއްވައި ދެއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ ރައީސް ހުޅުއްވައިދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

އެ މަނިކުފާނު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީސް 2021 ވަނަ އަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާއާއި އަރުޝީފު ގާއިމުކޮށްފައި ވަނީ މަޖިލިސްކުރާ ގޭގެ ދެކުނު ފަރާތުގައި އަލަށް އިމާރާތްކޮށްފައިވާ 13 ފަންގިފިލާގެ އިދާރީ އިމާރާތުގައެވެ. 

ކުތުބުހާނާއާއި އަރުޝީފު ހުޅުވައިދެއްވުމަށްފަހު، ރައީސް ސޯލިހް ވަނީ އެ ތަންތަން ހުޅުވުނު ތާރީހް ލިޔެފައިވާ ލިޔުންކޮޅު ހިމެނޭ ހާއްސަ ސްޓޭންޑް ވެސް އިފުތިތާހްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހްއަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާއާއި އަރުޝީފުގައި ގާތްގަޑަކަށް 6,680 އަށްވުރެ ގިނަ ލިޔުން، 1,529 ވީޑިއޯ، 2,133 ފޮތް އަދި 10,000 އަށްވުރެ ގިނަ ފޮޓޯ ރައްކާކުރެވިފައިވެއެވެ.

މި ދެ ތަނުގެ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅުންހުރި ދުވަސްވީ ލިޔެކިޔުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް މަޖިލީހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް