ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ--
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓްއިން ވަނީ 14:00 އިން 20:00 އަށް ށ. އަތޮޅުން ދ. އަތޮޅަށް ހުދު އެލާޓް ނެރިފައެވެ. އަދި އެ އަތޮޅުތަކަށް 6 ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓްއިން މައުލޫމާތު ދެއެވެ. 

އަދި ށ. އަތޮޅާ ދ. އަތޮޅުގެ ރަށްތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވެނޭ ކަމަށް ވެސް މެޓްއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އެކިރަށް ތަކަށް ދަނީ ގެންލުންތައް ލިބެމުންނެވެ. އެގޮތުން އިއްޔެ އިން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި ތ. ބުރުނީގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް