ads
ރިސޯޓްއެއް
ރިސޯޓު މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި
ރިސޯޓު މުވައްޒަފުންނަށް މިއަދު ވެކްސިން ދޭން ފައްޓައިފި އެވެ.

މިއަދު ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރިސޯޓްތަކުގެ މުވައްޒަފުން ގަޔަށް ވެކްސިން ޖަހަން ފަށާފައެވެ.

އަދި އެރަސްމިއްޔާތުގައި ވާހަކަދައްކަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މިއަދު ޓޫރިޒަމް ސިނާއަތުގެ 1000 މީހުންގެ ގަޔަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ސޯޝަލް ސެންޓަރުގައި ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ހުޅުމާލޭގައި އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރިޔަށްގެންދާނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ފަތުރުވެރިންނާ ކޮންޓެކްޓްވާ މުވައްޒަފުންނަށް ކޮވިޑްގެ 10،000 ޑޯޒް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމު މިމަހު އެކެއްގައި ވަނީ ރަސްމީކޮށް ފަށާފައެވެ. އެގޮތުން ރާއްޖެއިން މި ވެކްސިން އެންމެ ފުރަތަމަ ޖެއްސެވީ، ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. ޑރ، ޝިރާނީއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއާ ހަވާލުވެ ވަޑައިގެން ހުންނެވި ބޭފުޅާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް