ads
ނިމްޝާ ޒާހިރް
ޒުމްބާ ދަސްކޮށްދޭ ކޯހެއް ނިމްޝާ ފަށައިފި
ޒުމްބާ ދަސްކޮށްދޭ ކޯހެއް ޓިކްޓޮކް ތަރި ނިމްޝާ ޒާހިރް ފަށައިފިއެވެ.

އޭނާ ނަށަން ދަސްކޮށްދިނުމަށް އުފެއްދި އެކަޑަމީއަށް ކިޔަނީ "ޑައިނާސްޓީ ޑާންސް އެކަޑަމީ" އެވެ. 

މި ކުލާސްތައް ހާއްސަވެފައިވަނީ ޒުމްބާ އަދި ނަށާ ހިތްވާ ފަރާތްތަކަށެވެ.

ބޮޑެތި މީހުންނަށް ނަށަން ދަސްކޮށްދޭނީ 1000 ރުފިޔާއަށެވެ. ކުޑަކުދިންނަށް 500 ރުފިޔާއެވެ.

ނިމްޝާ ކުރިން އަދާކުރީ މޯލްޑިވިއަންގައި ކެބިން ކުރޫއެއްގެ ވަޒީފާއެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު އޭނާ ވަނީ އެ ވަޒީފާއިން އިސްތިއުފާދީފައވެ. 

ނިމްޝާ ބުނެފައިވަނީ، އޭނާ ވަޒީފާ ދޫކޮށްލީ ބަލި ހާލަތު ހުރި ގޮތުންނާއި، އިތުރު ފުރުސަތުތައް ލިބުމުން ކަމަށެވެ. ދާދި ފަހުން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ވެސް ކޮށްފައެވެ. 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް