ads
އެމް.ޖީ.އައި.ސީ.ސީ، ނިއާމޭ
އެފް.ޑީ.ސީ ހައުސިން ޕްރޮޖެކްޓް އެގްރީމެންޓްގައި ސޮއިކޮށްފި
އެފް.ޑީ.ސީ ހައުސިން ޕްރޮޖެކްޓް އެގްރީމެންޓްގައި އިއްޔެ ސޮއިކޮށްފި އެވެ.

އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެން.ބީ.ސީ.ސީ) އާއި ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) ގެ ދެމެދު، ހުޅުމާލޭގައި 2000 ސޯޝަލް ހައުސިން ޔުނިޓު ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއި ކުރެވިފައެވެ.

އެ މަޝްރޫއުގެ ދަށުން 3-ބެޑްރޫމް އަދި 3-ފާހާނާގެ 1400 ޔުނިޓާއި، 2-ބެޑްރޫމް އަދި 2-ފާހާނާގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަޝްރޫއުގެ ފައިނޭންސިންގެ 85-100% ހަމަޖައްސާނީ ކޮންޓްރެކްޓަރްގެ ފަރާތުންނެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ 900 ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެފް.ޑީ.ސީ ވަނީ ބުނެފައެވެ.

މީގެއިތުރުން 2018 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށްވުނެ ގިނަ އަދަދެއްގެ ކޮންސޮލިޑޭޓެޑް ރެވެނިއު ޖެނެރޭޓްކޮށްފައިވާ އެން.ބީ.ސީ.ސީ އަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު ގާއިމްކޮށްފައިވާ ބްލޫ-ޗިޕް ކުންފުންޏެކެވެ. 

އެން.ބީ.ސީ.ސީ އަކީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީ.ޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ވަރުގަދަ ކުންފުންޏެކެވެ. އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ސިޓީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އެން.ސީ.ޕީ.އެލް.އީ.އެސް) ގެ މަސައްކަތް ފުރިހަމަ ކުރުމުގައިވެސް އެން.ބީ.ސީ.ސީގެ ބައިވެރިވުން ހިމެނެއެވެ.

ހަމަ މިއާއެކު އެން.ބީ.ސީ.ސީ އިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހައި-ވެލިއު މަޝްރޫއުތަކެއް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސް ގައި ހުންނަ އެގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި (ޖުލައި 2020 ގައި މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އާއި މޮރިޝަސް ގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނާތުއެވެ) ނޮވެމްބަރު 2020 ގައި އޯ.އައި.ސީ މިނިސްޓަރުންގެ ބައްދަލުވުން ބޭއްވުނު އިމާރާތްކަމުގައިވާ ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނެޝަނަލް ކޮންވެމްންޝަން ސެންޓަރ ްބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް