ads
މަބްރޫކް އަޒީޒް
މިއަދަކީ މަބްރޫކްގެ އުފަން ދުވަސް
މިއަދަކީ ރައީސް އޮފީހުގެ ތަރްޖަމާނު މަބްރޫކް އަޒީޒުގެ އުފަން ދުވަހެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ސަރުކާރުގެ ފަރާތުން އެކަމުގައި ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން ހަވާލުކުރެއްވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒަށެވެ.

ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ގައުމީ ފެންވަރަށް ބަދަލުކޮށް، ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނުކަމާއި މަބްރޫކް، ހަވާލުވެވަޑައިގެންނެވި އިރު އޭނާ ވަނީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެންމެން ދަންނަ މީހަކަށް ވެފަ އެވެ.  އަދި މަބްރޫކްގެ ޕްރެސް ބަލަން، ކޮންމެ ރެއަކު، ބައެއް މީހުން ގަޑިތައް ހުސް ކުރިއެވެ.

އެހެން ނަމަވެސް 02 ޖުލައި 2020 ގައި އެންއީއޯސީ، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނަމުގައި ހިންގަމުންދާނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އިއުލާނު ކުރެވުމާއެކު މަބްރޫކްގެ ވާޖިބު ނިމިގެން ދިޔައެވެ. ގިނަ ބައެއްގެ ހިތަށް ބުރަކަމެއް ގެނެސްދެމުންނެވެ.

އެކަން އިއުލާނު ކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ މަބްރޫކް ހުންނެވި ދުވަސްތަކުގައި މަސައްކަތްކުރުމަށް ފަހު މަބްރޫކްއާ، ދެން އެފަދަ ޕްރެސްއަކުން ބައްދަލުނުވާނެކަން އެނގުމުން އެކަން ފާހަގަކޮށްފަ އެވެ. އަދި ވަރަށް މަބްރޫކް "މިސް" ވާނެ ކަމަށް ވެސް ބުންޏެވެ. 

ކޮންމެއަކަސް، އެންމެ ފަހު ފަހަރު، ނޫސްވެރިންނާއި ބައްދަލުކުރައްވަމުން މަބްރޫކް ވަނީ، ކުރިއެކޭ އެއްގޮތަށް މުހިއްމު ވާހަކަތަކެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން ކޮވިޑް-19 ގެ މި ނުަރައްކާތެރި ހާލަތުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމުން އެކަމުގެ މައުލޫމާތު އެންމެންނަށް ހިއްސާކުރުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.

އެހާ ހިސާބުން މަބްރޫކްގެ ރޯލް ނިމި އޭނާގެ އަޑު މީސްމީޑިއާތަކުގައި ކެނޑިގެން ދިޔައެވެ. ނަމަވެސް މިއަހަރުގެ 01 ޖެނުއަރީ 2021 ގައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ކަމުގައި ހުންނެވި، އިބްރާހިމް ހޫދު އެ މަގާމުން ވަކިކޮށް ތަރުޖަމާނު ކަމަށް މަބްރޫކް އަޒީޒް ވަނީ އައްޔަންކުރައްވާފައެވެ.

އެއާއެކު އެންމެންގެ އެކުވެރި މަބްރޫކް ވަނީ ނޫސްވެރިންގެ ހިދުމަތަށް އަނބުރާ ވަޑައިގެންފައެވެ. އަދި މަގާމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ ރާއްޖޭގައި ފްރެސް ކޯޕްސް އުފެއްދުމަށްޓަކައި ވަރަށް އަވަހަށް ހުރިހާ މީޑިއާތަކާ އެކު މަޝަވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕްރެސް ކޯޕްސް އުފައްދާނީ ހުރިހާ މީޑިއާތަކުގެ މަޝަވަރާގެ މަތިން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އަދި ޕްރެސް ކޯޕްސް އުފެއްދުމުގެ މަގްސަދަކީ މީޑިއާތަކަށް ފަސޭހައިން ސަރުކާރުގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި އެކި ޕްރެސްތަކުގައި މައުލޫމާތު ދިނުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ރައީސް އެދިލައްވާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

ރައްޔިތުންގެ ހިދުމަތަށް މަބްރޫކް އެނބުރި އައިސް މި ވަނީ އަނެއްކާ ވެސް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ފައްޓަވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް