ads
ކުރީގެ ހުކުރު ހުތުބާއެއްގެ ތެރެއިން--
ސާފުތާހިރު ކަމާއި ދުރަށްދެވޭކަށް ނެތް: ހުތުބާ
ފައިސާ އާއި ތަނަވަސްކަމެއް ނެތޭ ބުނެފައި ސާފުތާހިރުކަމާއި ދުރަށް ނުދެވޭނެ ކަމަށާއި، ސިއްހަތާއި ދުޅަހެޔޮކަމަކީ ހަޔާތުގެ މައިކަށި ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ފުރިހަމަ ސިއްހަތައްޓަކައި ސަބަބުތަކުގައި ހިފުމާއި ސާފުތާހިރުކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާ ބިނާވެފައިވާއިރު، ސާފުތާހުރުކަން ދެމެހެއްޓުމަށް އިސްލާމް ދީނުގައި ބާރުއަޅާފައިވާ މިންވަރުގެ މައްޗަށް ހުތުބާގައި ވަނީ ވަރަށް ބޮޑަށް އަލިއަޅުއްވާލާފައެވެ.

އެގޮތުން ސާފުތާހިރު ވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާ ކަމަށާއި ސާފުތާހިރުކަމަކީ އީމާންކަމާއި ގުޅި ލާމެހިފައިވާ ކަމެއް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި ދީނުގައި ޝަރުއު ކުރައްވާފައިވާ ވާޖިބު ހިނެއުމާއި ސުންނަތް ހިނެއުންތަކުގެ އަމާޒަކީވެސް ސާފުތާހިރުކަން ކަމަށާއި، ދީނުގެ ތަނބު ކަމުގައިވާ ނަމާދު ގާއިމް ވެފައިވަނީ ވެސް ސާފުތާހިރުކަމުގެ މަތީގައިކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. 

ސާފުތާހުރުކަމުގެ އިތުރުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި މާތް ﷲ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެގޮތުން އިންސާނާއަށް ގެއްލުންލިބޭ އެއްޗެހި ކެއުމާއި ބުއިން ހަރާމް ކުރައްވާފައްވާފައިވާ ކަމަށާއި، ދިރިއުޅޭތަން ސާފުކޮށް ބެލެހެއްޓުމަށް ދީނުގައި އަންގަވާފައިވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން ތަނަވަސްކަމެއް ނެތޭ ބުނެފައި ސާފުތާހިރު ކަމާއި ދުރަށްދެވޭކަށް ނެތްކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. 

އެގޮތުން މަގުމައްޗަށް ކުނި އެޅުމާއި، ކުނި ކޮތަޅުތައް މަގުމައްޗަށް ނެރެ އެއްލައިލުމާއި ބޭނުންކޮށްފައި ހުންނަ މާސްކުފަދަ ތަކެތި މަގުމައްޗަށް އެއްލައިލުންފަދަ ކަންކަމަކީ ތަނަވަސްކަން ނެތުމާއި ނިޒާމުގެ މައްސަލައެއް ނޫންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އަޅުގަނޑުމެން އިހުތިރާމްކުރާ ނިޒާމަކަށް ހަދަންޖެހޭނީ އިސްލާމް ދީން ކަމަށާއި، ދީން ގޮވާލަނީ މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ހުންނަ އެއްފަރާތް ކުރުމަށް ކަމަށާއިި، އެއީ އެކަމުން ސަވާބުލިބޭ ސަދަގާތެއް ކަމަށްވެސް ހުތުބާފައި ވަނީ ބުނެފައެވެ. 

މީގެއިތުރުން މިއަަދުގެ ހުތުބާގައި ކޮވިޑް ވެކްސިން ޖެހުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ. އެގޮތުން މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވާ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސް ވަމުންދާ ކަމަށާއި، ބަލިޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް މަތި ވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އަޅައިނުލާ ދޫކޮށްލެވޭ ވަރުގެ ކުޑަކަމެއް ނޫން ކަމަށާއި، ފަރުވާކުޑަ ކޮށްގެން ފަރުޖެއްސެން އޮތް ކަމެއް ނޫންކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިކަމުން އަރައިގަތުމަށް ގިނަގިނައިން އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުން ފަދަ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށާއި. ވެކްސިން ދިނުމަކީ މިކަމުން މުޅި މުޖުތަމައު ސަލާމަތް
ކުރުމަށްޓަކައި ސަބަބެއްކަމުގައި ސިއްހީ މާހިރުން ލަފާދެއްވަވަމުން ގެންދަވާކަމަށް ވަނީ ބުނެފައެވެ. އަދި ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިން ދިނުމުގެ "ދިފާއު" ޕްރޮގްރާމު ފުރިހަމަ ކުރުމަށް ޑޮކްޓަރުންނާއި، ކަމާބެހޭ އިދާރާތަކުން ބާރުއަޅުއްވަމުން ގެންދަވާ ކަމަށްވެސް ވަނީ ބުނެފައެވެ. 

ހުތުބާގައި ބުނެފައުވަނީ، އިސްލާމްދީން ގޮވާލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް