މަގެއް ބަންދުކޮށްފަ
ބިދޭސީއަކު މަރުވެފައި އޮންނަތާ ދެ ދުވަސް ފަހުން ފެނިއްޖެ
Share
މާލޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
Advertisement

އޭނާ މަރުވެފަ އޮންނަތާ ދެ ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މާފަންނުގެ ގެޔަކުން އޭނާ ފެނިފައި ވާއިރު އެމީހާ ދިރިއުޅޭ އެޕާޓްމެންޓަކީ ގިނަ ބިދޭސީންތަކެއް ދިރިއުޅެމުންދާ ގެއެކެވެ.

އަދި އެމީހާ އާއެކު 1 ކޮޓަރީގައި އިތުރު ބިދޭސީއަކު ވެސް ދިރިއުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި 2 ދުވަސް ފަހުން ނުބައި ވަސް ދުވާތީ ބެލި އިރު ހަށިގަނޑު ވަނީ ފެނިފައެވެ.

އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް ކޮވިޑްއަށް ޓެސްޓުކުރިއިރު ނެގެޓިވް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އަދި އިމިގްރޭޝަނުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް