ads
ޓެކްސީއެއް
"ގަރާޖްތަކުގައި އޮޅުވާލައިގެން ރަޖިސްޓަރީ ކުރުމުގެ 2 މައްސަލައެއް ވަނީ ބެލިފަ"
ރާއްޖޭގެ ގަރާޖްތަކުގައި އޮޅުވާލައިގެން 1 އުޅަދަށް ވުރެ ގިނަ އުޅަދު ރަޖިސްޓަރީ ކުރުމުގެ 2 މައްސަލައެއް ބަލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރީއިން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ 1 ގަރާޖެއްގައި 1 އުޅަދަށްވުރެ ގިނަ އުޅަދުތަކެއް ރަޖިސްޓްރީ ކުރުމުގެ މައްސަލައިގައި މިހާތަނަށް 2 ގަރާޖެއްގެ މައްޗަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެގޮތުން ޝިމާޒް ވިދާޅުވީ 2 ގަރާޖެއްގައި ގަވައިދާ ހިލާފަށް ގިނަ އުޅަދުތަކެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންނާއި ގުޅިގެން ބަލާ ފާސްކުރި އިރު ގިނަ އުޅަދުތަކެއް ރަޖިސްޓަރީކޮށްފައިވާ ކަމަށް ފާހަގަކުރެވުނުކަމަށެވެ.

އެހެންކަމުން މިހާރުވާނީ އެ އުޅަދުތަކުގެ ރަޖިސްޓްރޭޝަން ކެންސަލް ކޮށްފައި ކަމަށާއި އަދި އެ ގަރާޖުތަކާ މެދުގައިވެސް ފިޔަވަޅު އަޅާފައި ކަމަށް ޝިމާޒް ވިދާޅުވި އެވެ.

ރާއްޖޭގެ 1 ގަރާޖެއްގައި ގިނަ އުޅަދުތަކެއް ރަޖިސްޓްރީ ކުރުން ވެގެން ގޮސްފައި ވަނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ނަމަވެސް މި ކުށުގައި ފިޔަވަޅު އެޅިގެންދާ މަންޒަރު ފެނިފައިވަނީ މަދު ބަޔަކާ މެދުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް