ads
މިއަދު ކުރިއަށްދިޔަ ޕީޕީއެމް އިހުތިޖާޖު ތެރެއިން-
އިހްތިޖާޖުން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ: ޕީޕީއެމް
އިދިކޮޅުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިހްތިޖާޖުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން މިއަދު ކުރި އިހްތިޖާޖްގެ ތެރެއިން ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ޕީއެންސީގެ ސްޓީރިން ކޮމެޓީގެ މެމްބަރުންވެސް ހިމެނޭކަމަށް އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް އިދިކޮޅުން ވަނީ ނިންމާފައެވެ. އެއާއެކު އިދިކޮޅުން ދަނީ މިފަހަކުން އައިސް އެކި ނަންނަމުގައި މަގުމަތީ އިހްތިޖާޖްތައް ބާއްވަމުންނެެވެ. އަދި މި މުޒާހަރާތަކުގައި އިދިކޮޅު އެކި ލީޑަރުންނާއި ސަޕޯޓަރުން ވަނީ އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ. .

އިދިކޮޅުން ސިލްސިލާ އިހްތިޖާޖްތައް ފަށާފައިވާއިރު ކޮވިޑް-19 ގެ ކޭސްތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި އެޗްޕީއޭއިން ވަނީ ކޮވިޑްގެ ކޭސްތައް ދަށްވަމުން ނުދާތީ ކުރިން ދީފައިވާ ބޮޑެތި ލުއިތައްވެސް އަނބުރާ ނަގާފައެެވެ. އެގޮތުން ޖަލްސާތަކާއި ހަފްލާތައްވެސް ނުބޭއްވޭ ގޮތަށް އެޗްޕީއޭއިން މިހާރު ވަނީ އަނެއްކާވެސް ގައިޑްލައިނަށް ބަދަލުގެނެސް އިއުލާންކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް