ads
އެމްޕީއެލް މުވައްޒަފުން މަސައްކަތުގައި---- ފޮޓޯ: ސީއެންއެމް
ހާދިސާއާއި ގުޅިގެން އެމްޕީއެލް އިން ބަޔަކު ސަސްޕެންޑުކޮށްފި
އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، މަޖޫރީއެއްގެ ގޮތުގައި އުޅުނު ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއްވަނީ ލިބުމާ ގުޅިގެން އެމްޕީއެލްއިން އެ ކުންފުނީގެ މުވައްޒަފުންނާއި، މަޖޫރީ ވަޒީފާ އަދާކުރި ކުންފުނި ސަސްޕެންޑު ކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ އެ ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓުތަކާއި ބެހޭ ކޮމެޓީން އަންނަނީ ތަގުގީގެއް ހިންގަމުންނެވެ. 

މި ހާދިސާއި ގުޅުގެން "މިނާ އިންވެސްޓްމަންޓު" ގްރޫޕާއި، އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވާކަމަށް ވެސް އެކުންފުނިން ބުނެއެވެ. 

"މި މައްސަލަ ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވާޅު އަޅާނެވާހަކަ ދަންނަވަން،" -އެމްޕީއެލް- 

މާލޭ ވިޔަފާރި ބަދަރުގެ ސަލާމަތާ ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުގެންނަން މިހާރުވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް އެމްޕީއެލް އިން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް