ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރައިފި
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާނަތަށް ޖުމްލަ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 105,371 ގަ އެވެ. އަދި ފެބްރުވަރީ މަހަށް ބަލާއިރު ފާއިތުވެދިޔަ ފަސް ދުވަހު އާންމުކޮށް ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅުނީ 2000 އިން މަތީގަ އެވެ.

މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިއްޔެ ގައެވެ. އެ ދުވަހު 3,264 މީހުން ރާއްޖެ އައިސްފައި ވާއިރު މި މަހުގައި އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ އެއްވަނަ ދުވަހު އެވެ. އެ ދުވަހު 2,158 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އޭގެ އިތުރުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް އަދިވެސް އޮތީ ރަޝިއާ އެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު 22,178 ގައި އުޅޭއިރު ދެވަނައިގައި އޮތް އިންޑިއާއިން ވަނީ 20,027 މީހުން އައިސްފަ އެވެ. އަދި ތިންވަނައިގައި އޮތް ޔޫކްރެއިނުން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 7,373 އެވެ.

މި އަހަރުގެ މިހާތަނަށް 624 ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުންދާއިރު އޮޕަރޭޝަންގައި 43,656 އެނދު އެބަ އުޅެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް