ads
ހަލާކު ކޮށްލި ފިނޮޅު
ގިލި ލަންކަންފުށި ރިސޯޓުން ދިފާއުގައި ބުނަނީ ފިނޮޅު ހިއްކީ އެމީހުން ކަމަށް
ކ. ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ރީތި ފިނޮޅަށް ގިލި ލަންކަންފުށީގެ ބަޔަކު އަރާ ހަލާކުކޮށްލި މައްސަލާގައި އެ ފިނޮޅު ހިއްކު ރިސޯޓުން ކަމަށް ދިފާއުގައި ބުނަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިލި ލަންކަންފުށީގެ މުވައްޒަފުންތަކެއް ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ފިނޮޅަށް ދިޔައީ އެ ފިނޮޅަކީ އެމީހުން ހަދާފައިވާ ތަނަކަށް ވާތީ އެތަނުގެ މެއިންޓެނަންސް މަސައްކަތަށް ކަމަށް މިހާރު ދަނީ ބުނަމުންނެވެ. 

ފިނޮޅުގެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އޭނާއަށް ރާއްޖޭއިން ފުރައިގެން ދިޔުމުގެ ހުއްދަ ލިބިފައި ނެތުމުން އޭނާ ވަނީ ރާއްޖޭގައި މަޑުކުރަން ޖެހިފައެވެ.

ގިލި ލަންކަންފުށި ރިސޯޓުގެ މައްޗަށް ފިނޮޅުގެ މައްސަލައިގައި އެތައް ތުހުމަތުތަކެއް ކުރެވެމުން ދާއިރު ވެސް އެ ރިސޯޓުން ވަނީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ. 

މި މައްސައާ ގުޅޭ ގޮތުން އީޕީއޭއިން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ މިހާރު މި ތަހުގީގު ނުނިމިގެން އުޅެނީ ގިލި ލަންކަންފުށްޓަށް ޖަވާބުދާރީ ވާނެ ފުރުސަތު ދީގެން އުޅޭތީ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ނިންމާ ފިޔަވަޅު އެޅުމަށް ކަމަށެވެ.

މީގެ އިތުރުން އީޕީއޭއިން ބުނެފައި ވަނީ ގިލި ލަންކަންފުށިން ހަލާކުކޮށްލި ފިނޮޅަކީ ސީދާ ކޮން ބައެއް ހެދި ތަނެއް ކަމެއް ނޭންގޭ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ވެސް ދަނީ ސާފު ކުރަމުން ކަމަށް ބުންޏެވެ. 

ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި އާއްމު ރައްޔިތުން ތުހުމަތު ކުރަނީ، އެކަން އެގޮތަށް ކުރީ އާންމުން ފިނޮޅަށް ޕިކްނިކް ދާތީ ކަމުގައެވެ. އެ މައްސަލަ ފުލުހުންނާއި އީޕީއޭ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ފިނޮޅުގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެންނެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް