ads
ގައުމީ ކޯޗު މާޓިން ކޫޕްމަން
އެންމެ މެޗެއްވެސް ނުކުޅެ ކޯޗުގެ ކޮންޓްރެކްޓް ތިން އަހަރު އިތުރުކޮށްފި
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން އެންމެ މެޗެއްވެސް ނުކުޅެނީސް އޭނާގެ ކޮންޓްރެކްޓް ތިން އަހަރަށް އިތުރުކޮށްފިއެވެ. އެފްއޭއެމުން މިކަން އަދި ހާމަ ނުކުރިނަމަވެސް ކޯޗުވަނީ އަމިއްލައަށް އިންސްޓަގްރާމް މެދުވެރިކޮށް އެކަން ހާމަކޮށްފައެވެ.

އޭޝިއަން ކަޕަށް ދިވެހިރާއްޖެ ކޮލިފައި ކޮށްދިނުމަށާއި އަދި ސާފު ޗެމްޕިއަންޝިޕްގެ ތަށި ދިފާއު ކުރުމުގެ ޓާސްކް ހަވާލުކޮށް ކޫޕްމަންއާ އެކު އެފްއޭއެމުން ކޮންޓްރެކްޓް ހެދީ މި ދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އަދި މިހާތަނަށް އެންމެ މެޗެއްވެސް ނުކުޅޭތީ އޭނާއަށް ހަވާލުކޮށްފައިވާ ޓާގެޓަށް ދެވޭނެ ކަމެއް ނޫނީ ނުދެވޭނެ ކަމެއްވެސް ނޭނގެއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެއްވެސް މެޗެއް ނުކުޅެވެނީސް ކޮންޓްރެކްޓް އާ ކުރި ސަބަބެއް އެފްއޭއެމަކުން ނުބުނެއެވެ.

ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް އެއްވެސް މެޗެއް އަދި ނުކުޅެ އޮތީ ކޮވިޑާ ގުޅިގެން މިދިޔަ އަހަރަށް ތާވަލު ކުރެވުނު މެޗުތައް ކެންސަލް ކުރުމުންނެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކާއި ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކެވެ. މި ހުރިހާ މެޗެއްވެސްވަނީ ކޮވިޑާ ގުޅިގެން ފަސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް