ads
ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ---
ޖަޕާނު ބަހުން ވާހަކަ ދެއްކުމުން ކޮވިޑް ފެތުރުމުގެ ފުރުސަތު ކުޑަ: ދިރާސާ
ޖަޕާނު ބަހުން ވާހަކަ ދެއްކުމުން ކޮވިޑް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ބައެއް ދިރާސާތަކުން ދައްކައިފިއެވެ.

މިގޮތުން ޖަޕާނުގައި ހެދި ދިރާސާއެއްގައި ވަނީ ވާހަކަދެއްކުމާއި، ލަވަކިއުމުން އެންމެ ދުރަށް ކުޅުތިކިތައް ބުރައިގެންދާ ބައެެއް ބަސްތައް ދެނެގަނެފައެވެ. 

އެގޮތުން ޖަރުމަނު ބަހުން ލަވައަކާ، އިޓަލީ ބަހުން ލަވައަކާއި، ޖަޕާނު ބަހުން ލަވައެއްކިޔައި މި ދިރާސާ ވަނީ ކޮށްފައެވެ. 

މި ދިރާސާއިން ހާމަވާގޮތުން  ޖަޕާނު ބަހުން ލަވަކިއުމަށްވުރެ، ޖަރުމަނު ބަހާ، އިޓަލީ ބަހުން ލަވަކިއުމުން ކުޅުތިކިތައް ބުރައިގެން ދާ މިންވަރު ދެ ގުނައަށް އިތުރެވެ. 

މީގެ ކުރިން ވެސް ވަނީ މިފަދަ ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާގައި ބުނާގޮތުން އިނގިރޭސި ބަހާއި ޖަރުމަނު ބަހުން ވާހަކަ ދެއްކުމުން ވެސް ޖަޕާނު ބަހުން ވާހަކަދެއްކުމަށްވުރެ ކުޅުތިކިތައް ބުރައިގެން ދާ މިންވަރު އިތުރެވެ. 

ކޮވިޑް ފެތުރޭ މިންވަރު އެންމެ މަދު އެއް ގައުމަކީ ޖަޕާނެވެ. އަދި ކޮވިޑްގައި މީހުން މަރުވާ މިންވަރުވެސް ޖަޕާނުގައި ވަރަށް ބޮޑުތަނުން މަދެވެ. 

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް