ads
މާޒިޔާގެ ބައެއް އޮފިޝަލުން އެފްއޭއެމްގެ ކޮންގްރެސްގައި
ލީގު މެދުކަނޑާލުމުން މާޒިޔާގެ ނުރުހުން
ކޮވިޑުގެ ހާލަތު ގޯސްވަމުން ދިޔުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ލީގުގެ ކުޅުން މެދުކަނޑާލުމުން މާޒިޔާއިން ނުރުހުން ފާޅުކޮށްފިއެވެ.

ލީގު މެދުކަނޑާލުމާ ގުޅިގެން މާޒިޔާއިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލީގު މެދުކަނޑާލަން ޖެހުމަކީ އެ ކްލަބަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"ކޮވިޑް 19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއި އެކު އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހުމަކީ ކްލަބުތަކަށް ލިބުނު ވަރަށް ބޮޑު ދެރައެއް. މެޗުތައް މެދު ކަނޑާލުމުގެ އިތުރުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ މަގު ބަންދު ކުރުމަކީ ކްލަބުތަކަށް ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމެއް،" ބަޔާނުގައި ވެއެވެ. 

ކޮވިޑާ ގުޅިގެން ދިވެހި ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ ހަފުތާ ތެރޭގައެވެ. މެދުކަނޑާލަން ޖެހުނީ އެޗްޕީއޭއިން އާއްމު ކުރި އުސޫލުގައިވާ ގޮތުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ. އެޗްޕީއޭއިން އުސޫލުތައް ހަރުކަށި ކުރަން ޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައަށްވުރެ އިތުރު ވެގެން ދިޔުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް