ads
ކުޑަކުދިންތަކެއް--
ތިމަރަފުށީގައި ކުޑަކުދިންގެ މެދުގައި ހަރުކަށި ފިކުރު ފެތުރި މައްސަލަ ޖެންޑާއިން ނުބަލާ
ތ. ތިމަރަފުށީގައި ކުޑަކުދިންގެ މެދުގައި ހަރުކަށި ފިކުރު ފެތުރި މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން ނުދާ ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ.

ތިމަރަފުށީގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ބަޔަކު ހަރުކަށި ފިކުރު ފެތުރީ ކުޑަކުދިންނަށް އަމާޒުކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެގޮތުން އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ހައްލާލައިގެން މި ފިކުރު ފަތުރަން މަސައްކަތް ކުރި ކަމަށާއި އޭގެ ސަބަބުން ރަށުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ސީއެންއެމްއަށް ބުނެފައި ވަނީ ކުޑަކުދިން ކައިރި ފަޅު ރަށްތަކަށް ގެންގޮސް އަސްކަރީ ތަމްރީނު ވެސް ދީ ހަދާފައިވާ ކަމަށެވެ. 

މިއީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލައަކަށް ވާތީ މިކަމަކީ ޖެންޑާ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަ މައްސަލަ އެކެވެ. އަދި މިކަމުގައި ހިމެނޭ ކުދިންނަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.

އެހެން ނަމަވެސް އެ މިނިސްޓްރީން ބުނެފައި ވަނީ ތިމަރަފުއްޓާ ގުޅޭ އެކަހަލަ އެއްވެސް މައްސަލައެއް އެތަނުގައި ނެތް ކަމަށާއި އެކަހަލަ މައްސަލައެއް ބަލަމުން ވެސް ނުދާ ކަމަށެވެ. 

ތިމަރަފުށީގައި ތިބި އައިއެސްއަށް ތާއީދުކުރާ މީހުން މަސައްކަތް ކުރީ އެ ފިކުރު ފަތުރައިގެން ޓެރަރިސްޓް އަމަލުތައް ހިންގުމަށެވެ. އެކަމުގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު އެ ރަށުން ހައްޔަރުކޮށްފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް