ads
އަނަންތަރާ ކިހަވައް ރިސޯޓް
އަނަންތަރާ ކިހާވައް ރިސޯޓުގެ ހިދުމަތް މެދުކަނޑާލައިފި
ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހާވައް މޯލްޑިވްސް ރިސޯޓުގައި ކޮވިޑް 19 ގެ ކޭސްތައް ގިނަވެ ރިސޯޓުގައި ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސިއެންއެމްއަށް މައުލޫމާތު ދެމުން އަނަންތަރާ ކިހާވައް ރިސޯޓުން ބުނީ މިހާތަނަށް އެ ރިސޯޓްގެ މުވައްޒަފުންގެ ތެރެއިން 75 މީހަކަށް ވަނީ ކޮވިޑް ޖެހިފައި ކަމަށެވެ.

އަދި ނިމިދިޔަ މަހުގެ 21 އިން ފެށިގެން އެ ރިސޯޓަށް އެރުން އޮތީ މަނާކޮށްފައި ކަމަށާއި އެހެންކަމުން އެ ރިސޯޓަށް ޓޫރިސްޓުން އައުން ވެސް ވަނީ މެދުކެނޑިފައި ކަމަށެވެ.

މީގެ އިތުރުން މި ވަގުތު ރިސޯޓްގައި 45 ވަރަކަށް ޓޫރިސްޓުން ތިބި ކަމަށާއި އަދި އެޗްޕީއޭއިން ހުއްދަ ދީފައި އޮންނަނީ ފުރާ ޓޫރިސްޓުންނަށް އެކަނި ރިސޯޓުން ދިޔުމަށް ކަމަށް ވެސް އެ ރިސޯޓުން މައުލޫމާތު ދެއެވެ.

އަނަންތަރާ ކިހާވަކުގައި ކޮވިޑް 19 ގެ އެންމެ ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ މަހުގެ 19 ގަ އެވެ. ފުރަތަމަ ފަސް މީހުން ޕޮޒިޓިވް ވެފައި ވާއިރު އެމީހުންގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ މުވައްޒަފުންނެވެ.

އަނަންތަރާ ކިހާވަކުގެ އިތުރުން އެހެން ރިސޯޓްތަކުން ވެސް ކޮވިޑް 19 ގެ ބޮޑެތި ކުލަސްޓާތައް ވަނީ ފެނިފައެވެ. އަދި އެ ބަލީގައި ރިސޯޓަކުން މީހަކު މަރުވީ ހަމައެކަނި ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް