ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރު ޝާހިދު ބައިވެރިވެލައްވަނީ!
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރު ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

 ފެބްރުއަރީ 26 އިން 28 އަށް ބާއްވާ މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެލައްވަނީ، އިންޑިއާ ސަރުކާރުގެ ދައުވަތަކަށެވެ.

މިއަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19 އަށްފަހު ބައިނަލްއަގްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައިގެންނެވެ. މިމަހުގެ 28 ވަނަ ދުވަހު އޮންނަ ޕެނަލްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ވާޗުއަލްކޮށެވެ. 

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އިންޑިއާގެ ހާރިޖީ ވަޒީރާއި، މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި މާލީ އަދި އިގްތިސާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. 

މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ 5 ވަނަ ފަހަރެވެ. އިންޑިއާގެ ހާރިޖިއްޔާއާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓަނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް