ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
އަމިއްލަ މީހުންގެ ޑޮލަރު ނުނަގާނަން: އެމްއެމްއޭ
އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެ އިދާރާއިން މިހެން ބުނީ މިއަދު ނެރުނު ބަޔާނެއްގައެވެ. 

ބަޔާނުގައި ބުނީ  ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށަށެވެ. 

އެ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"ކޮވިޑް19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާންމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި،" - އެމްއެމްއޭ

އެމްއެމްއޭއިން މިހެން ބުނީ ، އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭކަމަށް ތުހުމަތުކޮށް މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. 

ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރު ކަމަށްއެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

އެމްއެމްއޭ އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. 

އެ އަދަދަކީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ދައްކަ އެވެ. 

އެމްއެމްއޭ އިން ބުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާއި ބަލާއިރު އެ އަދަދަކީ 56 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 

2019 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި 753.5 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކަ އެވެ. 

ރާއްޖޭގެ ރިޒާވް ރަނގަޅުވާން ފަށާފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވެސް މަޑުމަޑުން ރަނގަޅުވާން ފެށުމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް