ads
ސްޓެލްކޯގެ އެމްޑީ ހަސަން މުގުނީ--
ހިދުމަތްތައް ވެރިފައިކޮށް ސްޓެލްކޯއިން ތާރީހުގެ ތެރެއަށް!
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ، 9001:2015 ސެޓިފިކޭޝަން ސްޓެލްކޯ އިން ހާސިލްކޮށް، ހިދުމަތްތައް ސެޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު އެ ކުންފުނިން ހޯދައިފި އެވެ.

އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަނަކީ، ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތް ދުނިޔެ ގަބޫލުކުރާ ފެންވަރެއްގައި ހުރިތޯ ބެލުމަށް ފަހު ކަނޑައަޅާ ބައިނަލްއަގުވާމީ ވަކި މިންގަނޑެކެވެ. 

ސްޓެލްކޯއިން ދޭ ހިދުމަތްތަކުގެ ތެރެއިން އައިއެސްއޯގެ މިންގަނޑުތަކަށް ސެޓިފައިކޮށްދީފައިވާ ހިދުމަތްތަކުގެ ތެރޭގައި ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމާއި، ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާ އާއި ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި ވިއްކުން ހިމެނެ އެވެ. 

ސްޓެލްކޯއިން ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ ބައިނަލްއަގްވާމީ ދެ އެވޯޑެއް ކަމަށްވާ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ ފަދަ އެވޯޑުތައް ހޯދާފަ އެވެ. އަދި 2019 ވަނަ އަހަރު އެ ކުންފުނިން ވަނީ ސީޖީ އެފޯޓްސް އެވޯޑާއި ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ހޯދާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް