ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
މިނިސްޓަރު ޝާހިދު ރަސްމީ ދަތުރެއްގައި ބަންގްލަދޭޝަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު ހެނދުނު ބަންގްލަދޭޝަށް ފުރާވަޑައިގެންފި އެވެ.

ދެ ދުވަހުގެ މި ދަތުރަކީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މި ދަތުރުގައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރުން އޮންނާނެ އެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި ބޮޑު ވަޒީރު ޝެއިހް ހަސީނާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ޝާހިދާއެކު ފޮރިން ސެކެޓްރީ އަބްދުލް ގަފޫރާއި ޖޮއިންޓް ސެކެޓްރީ ފާތިމަތު ގިނާ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް