ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލާގައި ބަންގްލަދޭޝްއާއެކު މަޝްވަރާ ކުރަނީ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންގްލަދޭޝަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ގަވާއިދާ ހިލާފަށް ރާޢްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލާގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ޝާހިދު ބަންގްލަދޭޝަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ. މި ދަތުރުގައި އެގައުމުގެ ރައީސް އާއި ބޮޑުވަޒީރާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަން ކުރާ ކަމަށެވެ. 

ހަމަ އެއާއެކު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ އެ ގައުމުގެ ރައްޔިތުންގެ މައްސަލައަކީ ހައްލު ކުރަން ޖެހިފައިވާ މައްސަލައެއް ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް މި ދަތުރުގައި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ މި ދަތުރުގައި ދެ އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަމަށާއި އެއީ ބަންގްލަދޭޝް މަސައްކަތްތެރިންނާ ގުޅޭ އެމްއޯޔޫ އަކާއި ދެގައުމުގެ ފޮރިން ސާވިސް އެކެޑެމީގެ ދެމެދުގައި ވެވޭ އެމްއޯޔޫއެއް ކަމަށެވެ. 

މިނިސްޓަރު ޝާހިދާއެކު ފޮރިން ސެކެޓްރީ އަބްދުލް ގަފޫރާއި ޖޮއިންޓް ސެކެޓްރީ ފާތިމަތު ގިނާ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް