ads
ޕީޖީ ޝަމީމް މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި.. ފޮޓޯ: މަޖިލިސް
149 ކިލޯގެ ޑްރަގް މައްސަލަ: ކޮމެޓީ ސިއްރުކޮށްފި
ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓިއަށް ހާޒިރުކޮށްގެން ކުރިއަށްގެންދާ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ޕީޖީ ޝަމީމް ހާޒިރުކޮށްގެން ކޮމީގެ ބައްދަލުވުން ފަށައިގެން ކުރިއަށްދާއިރު، އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މީޑިއާތައް ވައްދައިގެންނެވެ. 

އެގޮތުން ކޮމިޓީގައި ހިމެނޭ މެމްބަރުން ވަނީ މިމައްސަލާގެ ތަހުގީގު ހިނގާދިޔަ ގޮތާއި، ހެކި ހޯދުމުގައި ގާނޫނާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކުރާ ތުހުމަތުތަކާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އަދި މި މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދެވޭނެ ޖާގައެއް ގާނޫނުގެ ތެރެއިން އޮތްތޯ ސާފުކުރުމާއި ގުޅޭގޮތުންވެސް ވަނީ ސުވާލު އަމާޒުކުރައްވާފައެވެ. 

ސުވާލުތަކަށް ޕީޖީން ޖަވާބު ދެއްވަމުން ދިޔަނަމަވެސް ކޮމިޓީ ސިއްރުކުރަން ނިންމީ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އިއްތިފާގުން ފާސްވުމުންނެވެ. 

ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައާ ގުޅިގެން ކުރި ދައުވާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވަނީ މިމަހުގެ ތެރޭގައެވެ. މިމައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައެވެ. 

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމުމުން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެކޯޓުން މައްސަލަ ބޭރުކޮށްލީ، ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް