ads
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ..
އަލީ ރަމީޒުގެ ލަވަތަކާއި ނުލާ އަޅުގަނޑުގެ ޒުވާން ހަޔާތެއް ނެތީސް: އީވާ އަބްދުﷲ
އަލީ ރަމީޒުގެ އަޑާއި ލަވަތަކާއި ނުލައި އެކަމަނާގެ ޒުވާން ހަޔާތެއް ވެސް ވަކި ނުއޮތީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ބަހުސްގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ އެކަމަނާއެވެ. 

ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަކީ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.  

ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މިއުޒިކަކީ އިންސާނާ އާއި މުޅި ދުނިޔެ އުޖާލާ ކޮށްލަން އަޅުގަނޑުމެން ގެންގުޅޭ އެއްޗެއް ކަމަށާއި، މިއުޒިކަކީ ދުނިޔެ އުޖާލާ ކުރާއިރު، ދުނިޔެ އިންގިލާބުވެސް ކުރާއެއްޗެއް ކަމަށެވެ. އަދި މިއުޒިކަކީ ކަންފަތުގަ ޖެހުމުން އެ އަޑުއަހާ މީހާ އާއި މުޅި ދުނިޔެވެސް ބަދަލުކޮށްލާ އެއްޗެއް ކަމަށް އީވާ ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ 1500 ބީސީ އިން ފެށިގެން އިންސާނުން މިއުޒިކް ގެންގުޅޭ ކަމަށާއި އެންމެ ފުރަތަމަ ބޭނުން ކުރީ އިންސާނާގެ އަޑު ކަމަށެވެ. އަދި އޭރުންސުރެ މިއަދާއި ހަމައަށްވެސް މިއުޒިކް ގެންގުޅެމުން ދަނީ ދުނިޔެ ބަދަލުކޮށްލުމަށްޓަކައި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، އުމަވީ ދައުލަތާއި އައްބާސީ ދައުލަތަކީ އިސްލާމީ މިއުޒިކުގެ ރަންޒަމާން ކަމަށާއި، އެ މިއުޒިކް ތަކުން އިސްލާމް ދީނާއި އިސްލާމީ ދައުކަލަތް ތަކަށް އޭރު މީހުން ހިތްކިޔާ ގޮތްވިކަމަށެވެ.

މީގެއުތުރުން އީވާ ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގައި 1960 އާއި 1970 ގެ ތެރޭގައި އޭރުގެ ސަރުކާރު ތަކަށާއި ދުނިޔެ ދައުރުވަމުންދިޔަ ގޮތްތަކާއި މެދު ޒުވާނުންގެ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކުރީ "ޕަންކް ރޮކް" މިއުޒިކުން ކަން ފާހަގަކޮށް މިސާލު ޖައްސަވާފައެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އަލީ ރަމީޒުގެ އަޑާއި ލަވަތަކާއި ނުލައި އެކަމަނާގެ ޒުވާން ހަޔާތެއްވެސް ވަކި ނުއޮތީސް ކަމަށެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ބައެއް އާޓިސްޓުންގެ ފާހަގަކޮށްލެވޭ ލަވަތުގެ އިބަރާތްތައް ވިދާޅުވެ އީވާ ވަނީ މިސާލު ޖައްސަވާފައެވެ. 

އީވާ ވިދާޅުވީ، 2019 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަކީ އެމްޑީޕީގެ ވެރިކަން ވެއްޓާލުމުން ހިތްވަރާއި އެކު ތެދުވި ދުވަސް ކަމަށާއި، އެދުވަހު ލަވަކިއުންތެރިޔާ ޝިއުޒް "ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް" ލަވައަކުން ބުނުމުން ހިތްވަރު ލިބުނު ކަމަށާއި، އެ ހިތްވަރުގައި އަހަރެއްވާންދެން މުޒާހަރާކުރި ކަމަށެވެ. އަދި މިހާރުވެސް އެލަވަ ކަންފަތުގައި ޖެހުމުން ހިތްވަރު ލިބޭކަމަށް އީވާ ވިދާޅުވިއެވެ.

38%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް