ads
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--
ތިނަދޫއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މޮނީޓަރީންގެ ހާލަތުގައި އޮތް ގދ. ތިނަދޫއިން އަނެއްކާވެސް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، މިއަދު ޕޮޒިޓިވްވީ ރެންޑަމް ސާމްޕަލްއެއް ކަމަށާއި، އެއީ އައްޑޫ ކްލަސްޓާ އާއި ގުޅުންހުރި މީހެއް ކަމަށް އަދި ސީދާ ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އައްސަދު ވިދާޅުވިއެވެ. 

ތިނަދޫ މޮނީޓަރީންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހެއް އެރަށަށް ދިޔަ ފަހުން އޭނާއަކީ އެ ކްލަސްޓާގައި ހިމެނޭ ޑައިރެކްޓް ކޮންޓެކްޓެއްކަން އެނގުމާއިއެކު ސާމްޕަލް ނަގައި ޓެސްޓު ކުރި ކުރުމުން އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. 

މިއާއިއެކު މިވަގުތު އެރަށުގައި ކޮވިޑް ބަލި ޖެހިފައި ތިބި ދެ މީހުން އެބަ ތިއްބެވެ. 

އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 15 އަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް