ads
ރައީސް އަދި މަބްރޫކް
ރައީސް އޮފީހުގެ ޕްރެސްއެއް މިހަމަހުގެ 10 ވަނަ ދުވަހު!
ރައީސް އޮފޫހުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިހަުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ބައްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ގައެވެ. 

އަދި ރައީސް އޮފީހުގެ އޮންލައިން ޕްލެޓްފޯމްތަކުގެ އިތުރުން ޓީވީ ސްޓޭޝަންތަކުން ވެސް ލައިވް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ބައްދަލުވުން ބާއްވަނީ ވަކި ކޮންކަމަކާއި ގުޅިގެން ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ތަރްޖަމާން މަބްރޫކް ވަނީ ދުނިޔޭގެ އެތައް ގައުމުތަކެއްގައި އެކުލަވާލައިފައިވާ ޕެރެސް ކޯޕްސް ރާއްޖޭގައިވެސް އެކުލަވާލަން ސަރުކާރުން ނިންމަވާފައިވާ ކަމަށް މި ނިމުނު ޖެނުއަރީމަހު ވިދާޅުވެފައެވެ.

އޭގެ އިތުރުން ފެބްރުއަރީ މަހުން ފެށިގެން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެއީ މަހަކު ދެ ފަހަރު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. އެހެންނަމަވެސް ޕްރެސް އެހެންނަމަވެސް މިމަސްތެރޭ އަދި ޕްރެސްއެއް ބާއްވާފައެއް ނުވެއެވެ. އޭގެ ފަހުން މިއަދު މިހުގެ 10 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާއިރު، އެ އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ މިހާރު ގާތްގަނޑަކަށް އަށް މަސްވެއްޖެ އެވެ. އެންމެ ފަހުން ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގަ އެވެ.

ސީއެންއެމްއައް މައުލޫމާތު ދެއްވަމުން މަބްރޫކް އޭރު ވިދާޅުވެފައިވަނީ ޕްރެސް ކޯޕްސް އުފެއްދުމަށް ޓަކައި ވަރަށް އަވަހަށް ހުރިހާ މީޑިއާތަކާ އެކު މަޝަވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕްރެސް ކޯޕްސް އުފައްދާނީ ހުރިހާ މީޑިއާތަކުގެ މަޝަވަރާގެ މަތިން ކަމަށެވެ. އެހެންނަމަވެސް ޕްރެސް ކޯޕްސްވެސް އަދި ބާއްވާފައެއް ނުވެއެވެ. 

މިިކަމާއި ގުޅޭގޮތުން މިއަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ތަރުޖަމާން މަބްރޫކް ވިދާޅުވީ މަޝްވަރާތައް އަދިވެސް ކުރެވެމުންދާ ކަމަށާއި އެހެންނަމަވެސް ޕްރެސް ކޯޕްސް ބޭއްވޭނެ ތާރީހެއް އަދި ނޭގޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް