ads
ޑރ. ޝަހީމް އަލީ ސައީދު
ނާޗަރަނގީގެ ޖަގަހަ ތަކަށްވުރު ޒުވާނުންނަށް މުހިންމީ ވަޒީފާގެ ފުރުސަތު: ޑރ.ޝަހީމް
ނާޗަރަންގީގެ ޖަގަހަ ތަކަށްވުރެ ބޮޑަށް ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދަޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެންނެވެ. އެ ގަރާރަކީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.  

ޑރ ޝަހީމް ވިދާޅުވީ، ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި، ހިތްފަސޭހަ ދިރިއުޅުމާއި، ބޯ ހިޔާވަހިކަމާއި، ހަރުދަނާ އާއިލާއެއް ބިނާކުރުމާއި، އަބުރުވެރި ދިރިއުޅުމެއް ކަމަށެވެ. އަދި ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމުގެ މައްޗަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. 

ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަށް މަދުކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ޑިގްރީއާއި މަސްޓާސް ހަދާފައި، ވަޒީފާ އެއް ނެތިގެން އާއިލާ އާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބިކަމަށެވެ. މިކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ހާލަތު ނެތިކޮށް ޒުވާނުންނަށް ގޮތެއް ހޯދައިދޭންޖެހޭ ކަމަށެވެ. 

މީގެއިތުރުން ޝަހީމް ވިދާޅުވީ، އެމަނިކުފާނު އެދިލައްވަނީ، ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރައަކަށް ޒުވާނުން ވިޔަނުދީ ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުންގެ ޝަހުސިއްޔަތު ބިނާކުރަން ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތަކީ އެއީ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް