ads
ކަރީނާ--
ކަރީނާ ވިހާ ދުވަސް ވަރަށް ކައިރިވެއްޖެ
ދެވަނަ ދަރިއަކަށް ބަލިވެ އިން ކަރީނާ ކަޕޫރު ވިހާނެ ކަމަށް ބެލެވެނީ މި މަހުގެ ތެރޭގަ އެވެ. އެހެންކަމުން ޕަޕަރާޒީންގެ ކެމެރާތައް މިހާރު ވަނީ އޭނާގެ ކޮންމެ ހަރަކާތަކަށް އަމާޒުވެފަ އެވެ. އެގޮތުން ކަރީނާ އާއި ފިރިމީހާ ސައިފް އަލީ ކްލިނިކަކުން ނިކުންނަ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެވެ.

އެ ފޮޓޯތަކާއި ވީޑިއޯއިން ކަރީނާ ފެންނަނީ ހުދު ކުލައިގެ ސްވެޓްޝާޓަކާއި ކަޅު ކުލައިގެ ލެގިންގްސް ލައިގެން ހުއްޓަ އެވެ. ސައިފް ވެސް ހުރީ ހުދު ކުލައިގެ ކުރުތާއެއް ލައިގެންނެވެ.

ފިލްމްފެއާއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައި ވަނީ ކަރީނާ ވިހާނީ ފެބްރުއަރީގެ ކުރީކޮޅުގައި ކަމަށެވެ. އެހެންކަމުން ކަރީނާ އިނީ ވިހަން ވަރަށް ކައިރިވެފައި ކަމަށް ބެލެވެ އެވެ. 

your imageކަރީނާގެ ވީޑިއޯގެ ސްކްރީންޝޮޓެއް--

މި ދެ ތަރިންގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހުރެ އެވެ. އެ ކުއްޖާގެ ނަމަކީ ތައިމުރް އެވެ. އާއިލާއަށް އިތުރު މެމްބަރަކު އަންނާތީ އެމީހުން މިހާރު ވަނީ ބޮޑު ގެއަކަށް ވެސް ބަދަލުވެފަ އެވެ.

ދެވަނަ ފަހަރަށް ބަލިވެ އިނުމުގެ ތަޖުރިބާއާ ގުޅޭ ގޮތުން ޓައިމްސް ނައުއަށް ދިން އިންޓަވިއުގައި ކަރީނާ ބުނީ މި ފަހަރު އޭނާގެ ޔަގީންކަމާއި ކެރޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. 

ވިހަން ކައިރިވެފައި އިން އިރު، ކަރީނާ އަންނަނީ އޭނާ ލިޔުނު ފޮތެއް ނެރުމަށް ވެސް ތައްޔާރުވަމުންނެވެ. އެ ފޮތުގެ ނަމަކީ "ކަރީނާ ހާންސް ޕްރެގްނަންސީ ބައިބަލް" އެވެ. ބެލެވޭ ގޮތުގައި މިއީ މާބަނޑުއިރުގެ ތަޖުރިބާއާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތެކެވެ. 

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް