ads
ލިސާ އޭނާގެ ފިރިމީހާ އާއި ދެ ދަރިންނާ އެކު
ލިސާ އަނެއްކާވެސް ބަނޑުބޮޑު!
ބޮލީވުޑްގެ ތަރި ލިސާ ހޭޑަން ތިންވަނަ ދަރިއަކަށް ބަލިވެ އިންކަމަށް އޭނާ ހާމަކޮށްފިއެވެ.

“3 ކަމިން ދިސް ޖޫން” ކެޕްޝަނަކަށް ޖަހައި އޭނާ އިންސްޓަގްރާމްގައި ޕޯސްޓް ކުރި ވީޑިއޯ އެއްގައި ލިސާ ބުނީ ފޭނުންނާ ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވެފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭނާގެ ދިރިއުޅުމުގައި ހިނގާ ކަންކަމުގެ ވާހަކަ ހިއްސާ ކުރަން ބޭނުންވެފައި ހުރި ކަމަށެވެ. 

ލިސާ ވަނީ އެ ވީޑިއޯގައި އޭނާ ބަލިވެ އިންކަން ހާމަކޮށް ބަނޑުގައި އޮތް ދަރީގެ ޖިންސް ވެސް ހާމަކޮށްފައެވެ. އެގޮތުން ލިސާ ބަލިވެ އިނީ އަންހެން ދަރިއަކަށް ކަމަށް އޭނާ ބުނެއެވެ. 

ލިސާ އޭނާގެ ފިރިމީހާ ޑައިނޯ ލަލްވާނީ އާއި ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. އެމީހުންގެ ފުރަތަމަ ދަރި ލިބުނީ 2017 ވަނަ އަހަރުގައެވެ. އޭގެ އަހަރުތަކެއް ފަހުން ދެވަނަ ދަރިއެއް ވެސް ވަނީ ލިބިފައެވެ.

ލިސާ އެންމެ ފަހުން ފެނިގެން ދިޔައީ ރަންބީރު ކަޕޫރް އާއި އަނުޝްކާ ޝަރްމާ އާއެކު ކަރަން ޖޯހަރްގެ ފިލްމް “އޭ ދިލް ހެ މުޝްކިލް” އިންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް