ads
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--
އައްޑޫ ކްލަސްޓާ: ތިނަދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ!
މޮނީޓަރީންގެ ހާލަތުގައި އޮތް ގދ. ތިނަދޫއިން އަނެއްކާވެސް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު މައުލޫމާތު ދިން ގޮތުގައި އައްޑޫ އެއާޕޯޓް ކްލަސްޓާއިން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ތިނަދޫއިން ފާހަގަކުރެވުނު ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް މިއަދު އަނެއްކާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

މި ކޭސްއާއިއެކު މި ކްލަސްޓާއިން ތިނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ތިނަކަށް އަރާފައެވެ. ތިނަދޫއިން އިއްޔެވެސް ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. 

ތިނަދޫ މޮނީޓަރީންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހެއް އެރަށަށް ދިޔަ ފަހުން އޭނާއަކީ އެ ކްލަސްޓާގައި ހިމެނޭ ޑައިރެކްޓް ކޮންޓެކްޓެއްކަން އެނގުމާއިއެކު ސާމްޕަލް ނަގައި ޓެސްޓު ކުރި ކުރުމުން އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 16 އަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް