ads
މުސްހަފް ހަވާލުކުރުން---
ސުކޫލުތަކަށް 20،000 މުސްހަފް ހަދިޔާކޮށްފި
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހިންގާ ސުކޫލުތަކަށް ހަދިޔާކުރުމަށް 20،000 މުއްސަފް އިސްލާމިކް މިނިސްޓްރީން ހަދިޔާކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކަށް ހަދިޔާ ކުރުމަށް، އިސްލާމިކް މިނިސްޓްރީގެ ފަރާތުން 20,000 މުސްހަފު މިއަދު އެޑިއުކޭޝަން މިނިސްޓްރީ އާއި ޙަވާލުކޮށްދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފުތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީއެވެ. 

އެ މުސްހަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރެވުނު މުސްހަފުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުސްހަފު ހަދިޔާކުރަމުން ކަމަށެވެ. އެގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުސްހަފު އާއްމުންނަށް ލިބެން ހުންނާނެ ކަަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް