ads
ތިނަދޫ ހޮސްޕިޓަލް
އައްޑޫ ކްލަސްޓާ: ތިނަދޫއިން 4 މީހުން ޕޮޒިޓިވް
އައްޑޫ ކްލަސްޓާއާ ގުޅިގެން މޮނީޓަރީންގެ ހާލަތުގައި އޮތް ގދ. ތިނަދޫއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު މައުލޫމާތު ދިން ގޮތުގައި މިއަދު ވަނީ އިތުރު ދެ މީހަކު ތިނަދޫއިން ކޮވިޑައް ޕޮޒިޓިވް ވެފައެވެ.

މި ކޭސްއާއިއެކު މި ކްލަސްޓާއިން ތިނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށްް އަރާފައެވެ. ތިނަދޫއިން އިއްޔެވެސް ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. 

ތިނަދޫ މޮނީޓަރީންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހެއް އެރަށަށް ދިޔަ ފަހުން އޭނާއަކީ އެ ކްލަސްޓާގައި ހިމެނޭ ޑައިރެކްޓް ކޮންޓެކްޓެއްކަން އެނގުމާއިއެކު ސާމްޕަލް ނަގައި ޓެސްޓު ކުރި ކުރުމުން އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 16 އަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް