ads
ފުވައްމުލަކު ރިންގް ރޯޑް——-
ފުވައްމުލަށް މޮނިޓަރިނަށް ލައިފި
ފުވައްމުލަށް ސިޓީ މޮނިޓަރިންގެ ހާލަތަށް ލައިފި އެވެ

ސީއެންއެމްއަށް މައުލޫމާތު ދެމުން ފުވައްމުލު ސިޓީގެ މޭޔަރު އަބްދުالله ފަލާހް ޝަރީފް ވިދާޅުވީ ފުވައްމުލައް ސިޓީ ވަނީ މިރޭ މޮނިޓަރިނަށް ލާފައި ކަމަށެެވެ. އަދި އެ ރަށުން އެރުމާއި ފޭބުން މިހާރުވަނީ ނަމާކުރެވިފައި ކަމަށެެވެ.

އަދި މިއީ އެރަށުން ނެގުނު ރޭންޓަމް ސާމްޕަލްތަކެއްގެ ތެރެއިން ދެ މީހުން ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ވެސް ފަލާހް ހާމަކުރެއްވި އެވެ. އަދި މިހާރު ރަށުގައި ކޮންޓެކްޓްރޭސިންގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށާއި ރަށައް ކޮވިޑް 19 އައި ގޮތެއް އަދި ސާފު ނުވާކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫން ފެނުނު ކްލަސްޓާއިން މިހާތަނަށް 25 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތަކެއް ފެނިފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު، އަލާމާތްތައް ފެނިގެން ޓެސްޓުކުރި 4 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެއީ އެމްޓީސީސީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ 4 މީހެކެވެ.

މި ކްލަސްޓާ އާއި ގުޅިގެން އެ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ އިތުރު 56 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރި ކުރުމުން މިމަހުގެ 5 ވަނަ ދުވަހު ވަނީ އޭގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް