ads
ރާޖް ކަޕޫރް އޭނާގެ ތިން ފިރިހެން ދަރިންނާއެކު ---
ރާޖީވް ކަޕޫރު މަރުވެއްޖެ
1950 ގައި ބޮލީވުޑްގައި ރަސްކަން ކުރި މަޝްހޫރު ތަރި ރާޖް ކަޕޫރުގެ ދަރި، ރާޖީވް ކަޕޫރު މަރުވެއްޖެ އެވެ.

އުމުރުން 58 އަހަރުގައި ރާޖީވް އިއްޔެ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެއެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުގެ ކުރިން ކަމަށް ބޮލީވުޑް އެކި ހަބަރުތަކުން ރިޕޯޓު ކުރެއެވެ.

ރާޖީވް އަކީ ބޮލީވުޑްގައި އަތްގަދަ ކޮށްފައިވާ ކަޕޫރު އާއިލާއަށް ނިސްބަތްވާ މީހެކެވެ. އެގޮތުން އޭނާ އަކީ ރާޖް ކަޕޫރުގެ ފަސް ދަރިންގެ ތެރެއިން އެންމެ ހަގު ދަރިއެވެ. އޭނައަކީ ރިޝީ ކަޕޫރް، ރަންދީރް ކަޕޫރު، ރީމާ ކަޕޫރު އަދި ރީތީ ކަޕޫރުގެ ކޮއްކޮ އެވެ. 

މީގެ އިތުރުން ރާޖީވްއަކީ ކަރިސްމާ ކަޕޫރު، ކަރީނާ ކަޕޫރު އަދި ރަންބީރު ކަޕޫރު ފަދަ މަޝްހޫރު ތަރިންގެ ބޮޑުބޭބެއެވެ.

ރާޖީވް އަކީވެސް ބޮލީވުޑްގައި އެކި ފިލްމުތަކުގައި އެކްޓުކޮށްފައިވާ ތަރިއެވެ. އަދި ބޮޑު ސްކީނުގެ ފުރަގަހުގައިވެސް ރާޖީވް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އޭނާ ބޮލީވުޑަށް ތައާރަފްވީ 1983 ގައި ރިލީޒް ކުރި ފިލްމު، "އެކް ޖާން ހެ ހަމް" އިންނެވެ. ނަމަވެސް މި ފިލްމަށް ބޮޑު ސްކރީނުގައި އެދެވޭ ތަރުހީބެއް ލިބިފައި ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް