ads
ކަރީނާ ކަޕޫރު:-
ކަރީނާ އަންނަ ހަފްތާގައި ވިހަން ތައްޔާރު ވަނީ
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި މިހާރު އޭނާ އަދި ސައިފް އަލީ ހާން ދަނީ އެ ދެމީހުންގެ ދެވަނަ ދަރިފުޅަށް މިމަހުގައި މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

ވިހަން ކައިރި ވެފައިވާ ކަރީނާ ވަނީ ބޭރުތެރޭގައި ރަހުމަތްތެރިންނާ އަދި އާއިލާގެ މީހުންނާއެކު މަޖާކުރުމުގައި އުޅޭ މަންޒަރު ފެނިގެން ގޮސްފައެވެ. 

އަދި އެކި ފޮޓޯ ޝޫޓްތަކުންވެސް ކަރީނާ މިހާރު ދަނީ ފެންނަމުންނެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓް ކުރެވިފައިވާ ގޮތުން ކަރީނާ ވިހަން ތައްޔާރުވަމުން ދަނީ މި ފެށޭ ހަފްތާގައެވެ.

ކަރީނާ ކަޕޫރް ހާން ވަނީ ލާލް ސިންގް ޗައްޑާ ފިލްމު ވެސް އޭނާ ބަނޑުބޮޑުވެގެން ހުރެ ކުޅެފައެވެ. އޭގައި އޭނާއާ އެއްކޮށް އާމިރް ހާން ވެސް ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ކަރިނާ ވަނީ ބަނޑުބޮޑުވެ ހުރެ ކޮވިޑްގެ ހާލަތުގައި ގިނަ އިސްތިހާރުތަކެއް ވެސް ކުޅެފައެވެ. އަދި އޭނާ ވަރަށް ގިނަ ތަންތަނަށް ދަތުރުކޮށްފައި ވެސް ވެއެވެ. ނަމަވެސް ދިވާލީއަށް އޭނާ ވަނީ އާއިލާ ކައިރިއަށް އަނބުރާ އައިސްފައެވެ.

ދެވަނަ ދަރިފުޅު ލިބުމަށް ވަރަށް ކައިރިވެފައިވާއިރު ސައިފް އަދި ކަރީނާ ވަނީ އާ ގެއަކަށް ވެސް ބަދަލު ވެފައެވެ. އެގޮތުން އެގޭގައި ޓެރަސް އަކާއި ޕޫލެއްގެ އިތުރުން ލައިބްރަރީއެއް އަދި ކުދިން ބޭރުގައި ކުޅޭ ޖާގަވެސް ގޯތިތެރޭގައި ހުރެއެވެ.

މިހާރު ސައިފް އަދި ކަރީނާ ވަނީ ދެވަނަ ދަރިފުޅަށް ނާސަރީވެސް ތައްޔާރުކޮށް ނިމިފައެވެ. އަދި އެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމުރް އަލީ ހާން އަށްވެސް އާގެއިން ވަނީ ހާއްސަ ކޮޓަރިއެއް ތައްޔާރު ކޮށްފައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް