ads
މެންޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިން
އިތުރު ވަގުތުގައި މެކްޓޮމިނޭ ޖެހި ގޯލާ އެކު ޔުނައިޓެޑް އެފްއޭ ކަޕުގެ ކުއާޓާއަށް
ވެސްޓްހޭމް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދައިފިއެވެ. މެންޗެސްޓާ ޔުނައިޓެޑް ކުއާޓާއަށް ދިޔައީ އެއް ލަނޑު ސުން ލަނޑުން ވެސްޓްހޭމް ބަލިކޮށްގެނެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މެޗުގެ ހަމަ އެކަނި ލަނޑު ޖަހައި، ޔުނައިޓެޑަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިދިނީ ސްކޮޓިޝް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ. މެކްޓޮމިނޭގެ މި ގޯލް އައީ، ލަނޑެއް ނުޖެހި މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ކުރީކޮޅުގައެވެ.

އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް މިއީ ވިދިވިދިގެން ޔުނައިޓެޑް ދަތުރުކުރި ހަތްވަނަ އަހަރެވެ. ކުރިން ބާރަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޔުނައިޓެޑަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރެވިފައިވަނީ ދެހާސް ސޯޅަވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް