ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
މޫސުމަށް އަންނަ ބަދަލާ ދެކޮޅަށް ކުރީ ސަފުގައި އުޅެނީ އަންހެނުން: ޝާހިދު
ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަނީ އަންހެނުންނާއި އަންހެން ކުދިން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ އަންހެނުންގެ ހައްގުތަކާއި މޫސުމީ ބަދަލުތަކާ ބެހޭ ބައްދަލުވުމެއްގައި ރޭ ވާޗުއަލްކޮށް ވާހަކަދައްކަވަމުންނެވެ. 

އެ ބައްދަލުވުން އިންތިޒާމްކުރީ ދިވެހިރާއްޖެ އާއި، ޔޫކްރެއިން، ގަތަރު، ބޮޓްސްވާނާ އަދި ހޮންޑިއުރަސް ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ. 

ޝާހިދުގެ ވާހަކައިގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރަން ދުނިޔޭގެ ފެންވަރުގައި އިސް ނަގަނީ ކުދި ޖަޒީރާ ގައުމުތަކުން ކަމަށެވެ. އަދި މި ގައުމުތަކުގައި އިސް ނަގަނީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަސަރުގެ މައްޗަށް ވާހަކަ ދައްކަވަމުން ޝާހިދު ވަނީ 2004 ވަނަ އަހަރުގެ ސުނާމީއާ ގުޅިގެން ރ. ކަނދޮޅުދޫގެ އަންހެނުންނަށް ދިމާވި ހާލަތު ފާހަގަކުރައްވާފަ އެވެ. 

އެގޮތުން ސުނާމީއަށް ފަހު އެ ރަށުގެ އަންހެން ވެރިން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ހުއްޓިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ރ. ވާދޫގައި ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ އަންހެނުންގެ އާމްދަނީއަށް އަސަރު ކުރަމުން ދަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ހޫނު ގަދަވެ، ދަނޑުގައި ހައްދާ ތަކެތި ހަލާކުވަމުންދާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން އަންހެނުންނާއި އަންހެނުން ކުދިންގެ އިގްތިސާދީ މިނިވަންކަމަށް އަސަރު ކުރަމުންދާ ކަމަށާއި މިއީ މުޅި ދުނިޔެއިން ވެސް ފެންނަ މަންޒަރު ކަމަށް ވިދާޅުވި އެވެ.

މިންތީގެ ހަމަހަމަކަށް ގާއިމް ކުރުމަށް މި ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވާ ޝާހިދު ވަނީ އެކަން ހާސިލް ކުރުމަށް އަޅާފައިވާ ބައެއް ކަންކަން ބަޔާންކުރައްވާފަ އެވެ. 

ޝާހިދުގެ އިތުރުން އެހެން ގައުމުތަކުގެ ފަރާތުން ވެސް މި ބައްދަލުވުމުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް، ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި ދިރިއުޅޭ އަންހެނުންނަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް