ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް: ރައީސް ނަޝީދު
މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެން، މަޖިލީހުގައި މިއުޒިކުގެ ހުކުމާއި މެދު ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ ދަނޑިވަޅެއްގައެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށާއި، ބައެއްގެ ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް ކަމަށެވެ. އަދި އެއީ ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. 

މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި މިއުޒިކާއި ގުޅުވައިގެން ބައެއް މެމްބަރުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން މީސްމީޑިއާގައި ގިނަ ދީނީ އިލްމުވެރިން ވެސް އަންނަނީ އެ މެމްބަރުންނަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް