މިނިސްޓަރު އަލީ ވަހީދު----
އަލީ ވަހީދު ރާއްޖެއިން ފިލީ ކަމަށް ތުހުމަތުކޮށްފި
Share
ޖިންސީ ފުރައްސާރައިގެ ބޮޑެތި މައްސަލަތަކެއްގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފިލައިގެން ދިޔަ ކަމުގެ ތުހުމަތު ފެންމަތިވެއްޖެ އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތުދެމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްއޭސީއެލް އަދި އޭވިއޭޝަން ކޮމާންޑްއިން އަލީ ވަހީދު ރާއްޖެއިން ފިލައިގެން ބޭރަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލީ ވަހީދު ރާއްޖެއިން ފިލައިގެން ދިޔައީ ރޭގެ ވަގުތެއްގައި ޓާކިޝް އެއާލައިންގައި ލަންޑަނަށް ކަމަށާއި ވީއައިޕީގެ ހިދުމަތް ވެސް ހޯދާފައިވާ ކަމަށް ވަރަށް މުއުތަބަރު ގޮތުގައި ވަނީ މައުލޫމާތު ލިބިފައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މި މައްސައާ ގުޅޭ ގޮތުން އެމްއޭސީއެލްއާއި އޭވިއޭޝަން ކޮމާންޑުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ކަމާ ބެހޭ އެހެން އެއްވެސް އިދާރާއަކުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އަލީ ވަހީދު ރާއްޖެއިން ފިލިކަމުގެ ތުހުމަތު ފެންމަތިވެފައިވާއިރު، ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލީ ޑޮކްޓަރު ހާޒިރުކޮށް ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ފަހު އެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން ވެސް ވަކާލާތުކޮށްފައެއް ނުވެ އެވެ. 

އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަމުން ދަނީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން ސްޓާފުންނެވެ. ފިރިހެން ސްޓާފުންނާއި އަންހެން ސްޓާފުން ގުޅިގެން މި މައްސަލަ ރައީސް އޮފީހަށް ހުށަހެޅުމުން އިސްތިއުފާ ދިނުމަށް އޭނާއަށް އެންގި އެވެ.

ނަމަވެސް އިސްތިއުފާ ނުދީ ހުންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ދުރުކުރައްވާފަ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް