ads
އުދައްޔު، 17، ގއ. މާމެންދޫ
މާމެންދޫ މާރާމާރީގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް މުއްދަތު ޖަހައިފި
މިމަހުގެ އަށްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން އުމުރުން 17 އަހަރުގެ ކުޑަކުއްޖެއް މަރައިލި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލާގައި މިހާތަނަށް ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެންމެ ފުރަތަމަ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.  

އަދި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހާމަކޮށްފަ އެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކާއި 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމާ ގުޅިގެން، އަށްވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި އެކަކު 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައި ވެއެވެ.

އަދި އެ މާރާމާރީއާ ގުޅިގެން ރޭގައި ހައްޔަރު ކުރެވުނު ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މާރާމާރީގައި ނިޔާވި އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔުގެ ހަށިގަނޑު މިހާރު ވަނީ މާލެއަށް ގެނެސްފައި ކަމަށާއި ޕޯސްޓުމޯޓަމް އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް އޭނާގެ ހަށިގަނޑު ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް