ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީއެސްއެމް
އެންމެ ފުރަަތަމަ ފްލެޓް ދޭނީ މި ސަރުކާރުން ފްލެޓްތައް ނިގުޅައިގެން މީހުންނަށް: މުއިއްޒު
Share
ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި އެންމެ ފުރަތަމަ ފްލެޓް ދޭނީ އެމްޑީޕީގެ ސަރުކާރުގައި ފްލެޓްތަައް ނިގުޅިގެން މީހުންނަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ހަވީރު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަށް ކުރިމަތިލި 25،000 ރައްޔިތުންގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ދެއްވާނެކަމަށް ރައީސް ޔާމީން އޮތީ އިއުލާން ކުރައްވާފައި ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ނިމި އެމްޑީޕީން ސަރުކާރާއި ކުރިމަތިލާ ދެއްހަރާއި ބައި ވެގެން ދިޔައިރު އެ 25،000 މީހުންނަށް ފްލެޓް އަޅާނެހާ ވަގުތު މި ސަރުކާރަށް ލިބުނުކަމަށެެވެ. އެހެންނަމަވެސް ފްލެޓް ލިބުނު މިޙުން އަތުންވެސް ފްލެޓް ފޭރިގަތުމަށްފަހު އެެހެން ބަޔަކަށް ފްލެޓްތައް ދިނީ ކީއްވެގެންތޯ މުއިއްޒު ވަނީ ސުވާލު އުފައްދާފައެވެ. 

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެތައް ދިވެހި ރައްޔިތެއްގެ ހައްގެއް ކަމަށެވެ. އެއިން ކޮންމެ ރައްޔިތަކަށް ފްލެޓް އަޅާފައި ދިނުމަށް މުއިއްޒުވަނީ ގޮވާލައްވާފައެވެ.

"ކުރިން ދިވެހި ސަރުކާރުން ގާނޫނީ ހުރިހާ މަރުހަލާއެއް ކަނޑަތުކޮށް ނިންމާފައި އޮތް މަަަސައްކަތެއް. އެ ރައްޔިތުންނަށް މި އަނިޔާވެރިކަން ކުރިމަތިވީ. އެއްވެސް ދެކޮޅު ޖެހޭ އެއްވެސް ކަމެއް މިކަމުގަ ނެތް. އަޅުގަނޑުމެން ހަމަ ވަރަށް ކަންބޮޑުވުން އެބަހުރި އެހެންވީމަ މިއީ ވަރަށް ބޮޑު އަނިޔާއެއް. އަޅުގަނޑު ޔަގީންކަން ދޭން ބޭނުންވާ ކަމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިރާދަކުރެއްވިއްޔާ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ބިނާ ކުރެވޭ ގެދޮރުވެރިކަމުގެ މަޝްރޫއުއިން އެންމެ ފުރަތަމަ ފްލެޓް ލިބިގެންދާނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނިޔާވެރިކަމާއި އެކީގަ ފްލެޓް ނިގުޅައިގެން ފަރާތްތަކަށޭ މިޔަގީންކަން އަޅުގަނޑު މިދެނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ޕީޕީއެމް ކޯލިޝަނުގެ ފަރާތުން ދެއްވާ ޔަގީން ކަމެއް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އެކަން ހާސިލު ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެންމެ ފުރަތަމަ އެކަންކަން ފުއްދުމަށް މަސައްކަތް ކުރާނީ މިހާރުގެ ސަރުކާރުގެ ތެރެއިން ކަމަށާއި މި ސަރުކާރުގެ ތެރެއިން އެކަން ނުވެއްޖެނަމަ ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓް ލިބޭނެ ކަމަުގެ ޔަގީންކަން މުއިއްޒު ވަނީ އަރުވާފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް