ads
އެފްއޭއެމްއިން ޔޫތު މިނިސްޓްރީ އާއި، އެޗްޕީއޭއާއި، ފުލުހުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް
ލީގު މެދު ކަނޑާލުމުން ކްލަބުތަކުގެ ކަންބޮޑުވުން
ކޮވިޑުގެ ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމުން، އެއްވަނަ ޑިވިޝަނުގެ ކުލަބުތަކުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ލީގުގެ ކުޅުން މެދު ކަނޑާލިތާ މިއަދަށްވަނީ ހަފުތާއެއް ވެފައެވެ.

އެއްވަނަ ޑިވިޝަނުގެ ހުރިހާ ކްލަބަކުން ގުޅިގެން ބޭއްވި ޖޮއިންޓް ޕްރެސްކޮންފަރެންސެއްގައި ހުރިހާ ކުލަބަކުންވަނީ ލީގު ހުއްޓާލާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ބައެއް ކްލަބުތަކުން ކުޅުން އަލުން ފެށުމަށް ނުވަތަ ކުޑަ މިނުން ޓީމުތަކުގެ ޕްރެކްޓިސް އަލުން ފެށުމަށް ގޮވާލައި ނޫސް ބަޔާންވެސް ނެރެފައެވެ. ކްލަބުތަކުން އެދިފައިވަނީ ޚާއްސަ އުސޫލެއް އަލުން އެކުލަވާލައިގެން ނަމަވެސް ފުޓްބޯޅަ އަލުން ފެށުމަށެވެ. އެހެންނަމަވެސް މި ގޮވާލުންތަކަށް އެޗްޕީއޭއިން އަދި ވަކި އެއްޗެއް ބުނަފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ދިވެހި ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ ހަފުތާ ތެރޭގައެވެ. މެދުކަނޑާލަން ޖެހުނީ އެޗްޕީއޭއިން އާއްމު ކުރި އުސޫލުގައިވާ ގޮތުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ. އެޗްޕީއޭއިން އުސޫލުތައް ހަރުކަށި ކުރަން ޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައަށްވުރެ އިތުރު ވެގެން ދިޔުމުންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭން ލީގުގެ ކުޅުން މެދު ކަނޑާލާފައިވާއިރު އެއްވަނަ ޑިވިޝަނުގެ ބައެއް ކުޅުންތެރިންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވާ ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީގެ ތިން ކުޅުންތެރިއަކާ ވެލެންސިޔާގެ ކުޅުންތެރިއެއް ހިމެނެއެވެ. އޭނގެ އިތުރުން އެއްވަނަ ޑިވިޝަނުގެ ޓީމެއްގެ ދެ އޮފިޝަލަކާއި އެހެން ޓީމެއްގެ ކޯޗުވެސް އައިސޮލޭޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް