ads
ފޮޓޯ:ބީބީސީ
ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށް ޕޮޒިިޓްވިވެ އައިސީޔޫގައި ފަރުވާދެނީ!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ކޮވިޑް-19އަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ބުނީ ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެގުނީ ނޭވާ ލުމަށް ދަތިފުޅުވާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

މިއަދު ޑޮކްޓަރަށް ދެއްކުމުން ޓެސްޓުކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އަންގާފައިވާ ކަމަށާއި މިހާރު ރައީސް ޔާމީންގެ މަންމާފުޅަށް ދަނީ އައިސީޔޫގައި ފަރުވާދެމުން ކަމަށް ހަމްދާން ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށްް ޕޮޒިޓިވްވެފައިވާއިރު، ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އެމްއެމްޕީއާރުސީގެ މައްސަލައަކާއި ގުޅިގެން ކުރި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މި މައްސަލައިގަ ނިންމާފައިވަނީ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށެވެ.  

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ. މި މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ދެ ދައުވާ އަށްވެސް އިންކާރު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް