ads
ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ އަސަނާ
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފި
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފި އެވެ.

ފިލާފައިވަނީ އިމިގްރޭޝަން ޤާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ ބަންގްލަދޭސްގެ ރައްޔިތެއް ކަމަށްވާ 32އަހަރުގެ އަސަނާ ނަމަކަށް ކިޔާ މީހެކެވެ. އެސެންޓަރުން އޭނާ ފިލާފައިވަނީ މިރޭ 19:27 ހާއިރުއެވެ. 

ކަރެކްޝަންސް އިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެސާވިސްގެ ނަންބަރު 9986125 ރިޕޯޓުކޮށް ދިނުން އެދޭކަމަށްވެސް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް