ads
ފޮޓޯ: ރާއްޖެ.އެމްވީ
އަލީ ވަހީދު ފުރުމަކީ ޖިންސީ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނު ބޮޑު ހުރަހެއް: އަނީސާ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށް ފުރަން ހުއްދަ ދިނުމަކީ ޖިންސީ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަނިސާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ޓެގު ކުރައްވާ އަނީސާ ވިދާޅުވީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވަނިކޮށް އެމީހާއަށް ކުރިން ޙިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނުބޮޑުހުރަހެއް ކަމަށާއި ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއަައްސަސާތަކުން ސީރިއަސްކޮށް އެފަދަ މައްސަލަތައް ނުނަގާތީ ކަމަށެވެ. 

އަނިސާ ވަނީ "މިއީ ކުރިންވެސް ތުހުމަތުކުރެވުނު ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހިމާޔަތްކުރެވުނުހެން ހިމާޔަތްކުރެވުނު މީހަކަށް ނުވާނެކަމަށް އުންމީދުކުރަން" ކަމަށް ވިދާޅުވެފައެވެ. 

"މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވަނިކޮށް އެމީހާއަށް ކުރިން ޙިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނުބޮޑުހުރަހެއް. މިއީ ކުރިންވެސް ތުހުމަތުކުރެވުނު ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހިމާޔަތްކުރެވުނުހެން ހިމާޔަތްކުރެވުނު މީހަކަށް ނުވާނެކަމަށް އުންމީދުކުރަން" އަނިސާ ކުރެއްވި ޓްވީޓްގައި ވެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމުގެ ތުހުމަތު ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ބޭސްފަރުވާއަށް ފުރަން ހުއްދަދީފައިވަނީ އިގިރޭސިވިލާތަށެވެ. މިއީ އެމަނިކުފާނަށް މީގެ ކުރިންވެސް ހިމާޔަތް ދީފައިވާ ގައުމެކެވެ.

 މަބްރޫކް ވިދާޅުވީ، ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްސަލަތަކެއް ފެންމަތިވެ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމާއިއެކު އެމަނިކުފާނު މަގާމުން ވަކިކޮށްފައިވާނެކަމަށާއި، އަދި އެއައްފަހު އެ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. 

އަދި މިކަންކަމާއި ގުޅިގެން އަލީވަހީދުގެ ޕާސްޕޯޓުވެސް ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރިކަމަށާއި، ނަމަވެސް ކޯޓުން އެ އަމުރު ބާތިލުކޮށް ޕާސްޕޯޓް އަލުން އަނބުރާ ހަވާލުކޮށްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ، ކޯޓުން އެގޮތަށް ނިންމާފައިވަނީ، އަލީވަހީދުގެ ފަރާތުން، ބަލިހާލަތު ހުރިގޮތާއި ސިއްހީ މައްސަލަތަކެއް ފާހަގަކުރުމުން، އެކަންކަމަށް ފަރުވާކުރަން ކޮންމެހެން ޖެހޭކަމަށާއި، އަދި އެކަންކަމަށް ފަރުވާކުރުން އެންމެ އެކަށީގެންވަނީ ރާއްޖެއިން ބޭރުންކަމަށް ކޯޓަށް ފެންނާތީ ކަމަށް ކޯޓުން ބުނެފައިވާކަމަށެވެ. 

މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް ތަހުގީގީ އެހެން އިދާރާއަކުންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮފައެއް ނުވެއެވެ. އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަމުން ދަނީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން ސްޓާފުންނެވެ. ފިރިހެން ސްޓާފުންނާއި އަންހެން ސްޓާފުން ގުޅިގެން މި މައްސަލަ ރައީސް އޮފީހަށް ހުށަހެޅުމުން އިސްތިއުފާ ދިނުމަށް އޭނާއަށް އެންގި އެވެ.

ނަމަވެސް އިސްތިއުފާ ނުދީ ހުންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ދުރުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް